2026 ގެ އެކަޑަމިކް ކަލަންޑަރު ނެރެފި، ބޮޑު ޗުއްޓީ ޑިސެމްބަރަށް

Advertisement

އެންމެ ފަސް

Advertisement

ބަދަލުތަކާއެކު އަންނަ ދިރާސީ އާ އަހަރުގެ އެކަޑަމިކް ކަލަންޑަރު ނެރެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ޓެންޓެޓިވް (ވަގުތީ) އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ 27ގަ އެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ގަ އެވެ. ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ލިބެނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.

އަންނަ އަހަރުގެ އޭލެވެލް ކިޔަވައިދޭން ފަށާނީ ޖޫން 7 ގައެވެ. އަދި ފުރަތަމަ ޓާމު ޓެސްޓު، އޮންނާނީ 30 އިން 9 އަށެވެ. ދެވަނަ ޓާމު ޓެސްޓް އޮންނާނީ ޑިސެމްބަރު 1-10 އަށެވެ.

ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު އެވެ. އެހެންނަމަވެސް، ކޮވިޑުއާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން އޭރުގެ ސަރުކާރުން ދިރާސީ އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކުރީ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގަ އެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ކަލަންޑަރުގައި ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ހުރީ ވަކިކޮށްފަ އެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ