ގޮއިދޫ ފަޅުތޭގައި ރިސޯޓެއް ތަރައްގީކުރަން މިމަހު ބަޔަކާ ހަވާލުކުރެވޭނެ: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ބ. ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަށް މިމަހު ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ގޮއިދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެ ރަށަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ހިއްސާކުރެއްވި އެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ، އެ ރަށުގެ ތަރައްގީއަށް ރިޔާސީ އިންތިހާބުގައި ވައުދުތަކެއްވެވަޑައިގެންނެވި ކަމަށާއި، އެ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

އެގޮތުން ގޮއިދޫ ފަޅުތޭގައި ރިސޯޓެއް ތަރައްގީކުރުމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަންކުރުމަށް، އިއުލާނުކޮށް ބަޔަކު ހޯދާ މިހާރު ބިޑް އެވޯޑްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިމަސް ނިމުމުގެ ކުރިން ރިސޯޓް ތަރައްގީކުރުމުގެ އެއްބަސވުމުގައި ސޮއިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ގޮއިދޫގެ ބަނދަރު ބޮޑު ކޮށްދިނުމަށް ވެފައިޥާ ވައުދާއެއްގޮތަށް، މިހާރު މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރު އެ މަސައްކަތްއޮތީ ޓެންޑަރ ޕްރޮސެސިންގައި ކަމަށާއި، ލަސްތަކެއްނުވެ ކުރިއަށްއޮތް މިއަހަރުތެރޭގައި އަމަލީ މަސައްކަތް ފަށައިދޭނެ ކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަންނަ އަހަރު މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ގޮައިދޫ ސްކޫލަށް ޖާގަ އިތުރުކޮށް ވަސީލަތް އިތުރުކޮށްދިނުމަށް މިހާރު ކުރިއަށްދާ މަސައްކަތް ނިންމުމަށް ފެނަކައާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ފެށައި ނިންމައިދެއްވާނެ ކަމަށެވެ. އަދި އަންނަ އަހަރު ބަޖެޓްގައި ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހިމަނައި އަންނަ އަހަރު ކުރީކޮޅު އެ މަސައކަތް ފަށައިދޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ގޮއިދޫއަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް ޑެލިވާކޮށް ނިންމައިދެއްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. ގޮއިދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ