ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފި އެވެ.

މި ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް މުއިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އާރްޓީއެލްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފެށުނު ނަމަވެސް، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނުރަސްމީކޮށް މި ޚިދުމަތް ވަނީ ދެމުން ގެންގޮސްފަ އެވެ. މި ޚިދުމަތް ފެށުމުގެ ކުރިން މުވައްޒަފުން ނަގައި، އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ވަނީ ފުރިހަމަކޮށްފަ އެވެ.

މި ޚިދުމަތުގައި ބޭނުންކުރާނީ ދެ ހައި ސްޕީޑް ފެރީ އެވެ. އަދި ދަތުރުތައް ބާއްވަމުން ގެންދާނީ ދެ ރޫޓަކަށެވެ. އާރްޓީއެލްގެ ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަސޭހަވާނެ ގޮތަށެވެ.

މިއީ އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުނު 11 ވަނަ އަތޮޅެވެ. އާރްޓީއެލް ފެރީ މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް ޚިދުމަތް ދެމުން އަންނަ އިރު، ބ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު މުޅި ޒޯން 2 އަށް ޚިދުމަތް ފުޅާކުރެވިފައިވާކަމަށް ސަރުކާރުން ފާހަގަކުރެ އެވެ.

މި ޚިދުމަތް ފެށުމާއެކު އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބ. އޭދަފުށީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ