ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް އިސްރާއީލުގެ އިސްތިޢުމާރީ ކަމާބެހޭ ފަރާތްތަކުން ރާވާފައިވާ ޕްލޭން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވުން ކަމަށެވެ.
ޣައްޒާގެ ކޮންޓްރޯލް އަތުލައިގަނެ، ޣައްޒާގައި ފަލަސްތީނުގެ ވެރިކަން ރޫޅާލުމަށް ކުރާ ކޮންމެ މަސައްކަތަކީ އެމީހުންގެ އަމިއްލަ ނިންމުމުގެ ހައްގަށް ސީދާ އަނިޔާއެއް ކަމަށާއި، އެއީ ބައިނަލްއަގްވާމީ އުސޫލުތަކާ ސާފުކޮށް ހިލާފު ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭން ތަންފީޒު ނުކުރުމަށް ނިންމުމަށާއި އެކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހިންގާ ހުރިހާ ޖަރީމާއަކަށް އިސްރާއީލުން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލަ އެވެ.
ރާއްޖެއިން އަނެއްކާވެސް ސާބިތުކޮށްދެނީ ފަލަސްތީނުގެ ރައްޔިތުންގެ ޝަރުއީ ހައްގުތަކާއި، އަމިއްލަ ނިންމުމެއް ނިންމުމުގެ ހައްގާއި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތެއްގެ ހައްގުތަކަސް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އިޒްރޭލް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައްޒާ ގައްޒާ ހަނގުރާމަ
