ގައްޒާގެ ކޮންޓްރޯލް ނަގަން އިޒްރޭލުން ރާވާ ރޭވުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ގާޒާގެ ބިމުގެ ކޮންޓްރޯލް ނެގުމަށް އިސްރާއީލުން ރާވަމުންދާ ރޭވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އިސްރާއީލުގެ މި މަސައްކަތަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ހިލާފު، އަދި ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްޤަށް ސީދާ ގޮންޖެހުމެއް ކަމަށެވެ.

މި ނިންމުމަކީ ދެކުނު ފަލަސްތީނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު އިތުރަށް ދަށްކޮށްލައި، ސަރަހައްދީ ހަމަޖެހުމާއި ދެމެހެއްޓެނިވި ސުލްހައަށް ނުރައްކާވާނެ ކަމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނު ރައްޔިތުންނަށް ދިވެހިރާއްޖެއިން ދެމުންއަންނަ ފުރިހަމަ އެއްބާރުލުން ކުރިއަށް ވެސް ދެމިއޮންނާނެ އެވެ. އަދި ގާޒާގެ ބިމުގެ ކޮންޓްރޯލް ނެގުމަށް ނުވަތަ ފަލަސްތީނުގެ ވެރިކަމާއި މިނިވަންކަމަށް އަރައިގަތުމަށް ކުރާ އެއްވެސް މަސައްކަތެއް ޤަބޫލުކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މި ޕޯސްޓުގައި، ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާފައިވަނީ، އިސްރާއީލުން ގާޒާގެ ބިމުގެ ކޮންޓްރޯލް ނެގުމަށް ރާވާ ރޭވުން ހުއްޓުވުމަށާއި، ފަލަސްތީނަށް އިސްރާއީލުން ދެމުންގެންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި ހިންގާ އެންމެހާ ޤާނޫނާ ހިލާފު ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރުމަށެވެ.

ފަލަސްތީނުގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީ އެއްކޮށް ހިފުމަަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހުށަހެޅުއްވި ހުށަަހެޅުން، އެ ޤައުމުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށް، އެ ޕްލޭނަަށް ވަނީ ރުހުން ދީފަ އެވެ.

ނެތަންޔާހޫގެ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ވަނީ ހަނގުރާމައިގެ ސަރަހައްދުން ބޭރުގައި ތިބި އާންމު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއެކު ޣައްޒާ ސިޓީގެ ކޮންޓްރޯލް ހޯދުމަށް ތައްޔާރުވެފައި ކަމަށެވެ. ނަމަވެސް މި ޕްލޭން ތަންފީޒުކުރުމުގެ ކުރިން ފުލް ކެބިނެޓުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އިސްރާއީލު ސަރުކާރުގެ މަސްދަރުތަކުން މައުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ފަލަސްތީން އިޒްރޭލް ފަލަސްތީނާއެކު ދިވެހިން ގައްޒާ ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ