ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެށްގޮތަށް ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް: ފަލާހް

Advertisement

އެންމެ ފަސް

Advertisement

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް ރޫޅާލެވިދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ބުހުތާން ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ރޭގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް ނިންމަވައި، ޤައުމާއި ރައްޔިތުންގެ ހައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދުދީ، ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް ކަމަށެވެ. އަދި ކިތަންމެ ނުބައި ޕްލޭންތަކެއް ރާވައި، މިފަދަ މެސެޖު ކުރުވި ނަމަވެސް ކާމިޔާބެއް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، މިފަދަ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއް ކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި މީގެން އަންގައިދެނީ އެފަދަ ފަރާތްތަކަކީ އެއްވެސް އަޚްލާޤެއް ނެތް، ބުއްދި ގޯސް ބައެއްކަން ކަމަށް ވެސް ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، މެންބަރު އައްބާސްއަށް މިފަދަ ފިތުނަ ފަތުރައިދޭ މަތިން ޔާމީން ދާދި ފަހުން އެ ގެއަށް ގެންގޮސް 3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މި ދެކެވޭ ވާހަކަތަކަށް މި މެސެޖުން ބާރު ލިބޭ ކަމަށެވެ.

ޕީއެންސީ ޕީޖީ ބައްދަލުވުން ހޫނުވެ، ބައްދަލުވުން ނިންމާލި: އައްބާސް

އައްބާސް ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވުނު ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތައް ފާޅުކުރަމުން، ބައެއް މެންބަރުން ވިދާޅުވެފައިވަނީ ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ނުރަނގަޅު ސިޔާސަތުތަކަށް ބަސް ނުބުނެ އަބަދު މަންމަނުވެ ނުތިބެވޭނެ ކަމަށާއި، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ޙައްޤު ބަސް ބުނަން ނިކުންނާނެ ކަމަށެވެ.

އޭގެއިތުރުން އައްބާސް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޢިއްޒު ދެކިލައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެއްވެސް ބައެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނާ އެއްވެސް މަޝްވަރާއެއް ނެތި ކުއްލި ކުއްލި ކަންކަން ކުރައްވާ ތަން ބަލަން ނުތިބެވޭނެ ކަމަށާއި، މަޝްވަރާ ކުރުމެއް ނެތި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ކުއްލި ކުއްލިއަށް މަޖިލީހަށް ހުށަހަޅުއްވާ ބިލުތަކަށް ވޯޓު ނުދެއްވާނެ ކަމަށް ގިނަ މެންބަރުން ވިދާޅުވެފައިވެއެވެ.

ދާއިރާތަކުގެ ތަރައްޤީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި، މޮޅެތި ބަސްތައް ވިދާޅުވުމާއި، ޕްރޮޖެކްޓުތައް އިޢުލާން ކުރެއްވުމާއި، ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވި މެންބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް (ހުސްނީ) ވަނީ މިގޮތަށް ކަންކަން ތަކުރާރުވާނަމަ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިޢުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުޢިއްޒުގެ މަކަރުވެރި ސިޔާސަތުގެ ދަށުން މަޖިލިސް މެންބަރުންގެ ބާރު ކަނޑުވާލުމުގެ ނިޔަތުގައި ގޮނޑި ގެއްލޭގޮތަށް އިޞްލާޙު ހުށަހަޅުއްވާފައިވާ ކަމަށް ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ