ބ. އަތޮޅު ފެރީ ޓިކެޓުގެ އަގުތައް ކަނޑައަޅައިފި

Advertisement

އެންމެ ފަސް

Advertisement

ބ. އަތޮޅުގައި ފެށި އާރްޓީއެލް ފެރީ ހިދުމަތުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ބ. އަތޮޅުގެ 13 ރަށަކަށް ފެރީ ދަތުރު ކުރާއިރު އަގުތަށް އުޅެނީ، 125ރ، 100ރ، 70ރ، 65ރ، 50ރ އަދި 35ރ އާއި ދެމެދުގަ އެވެ.

މިއަދުން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް އާރުޓީއެލް ބ. އަތޮޅުގެ ރޫޓްތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެ އެވެ. އަދި ރަށްރަށަށް ދަތުރުކުރޭނެ އަގުތައްވެސް ފެންނަން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

އަހުލުވެރިކުރުމުގެ ދަތުރުތައް ކުރިއަށްދާނީ، ކޮންމެ ރޫޓެއްގައި ހިމެނޭ ހުރިހާ ރަށަކަށް ވަކި އަދަދަކަށް ޖާގަ ކަނޑައަޅައިގެންނެވެ. އަދި މި ދަތުރުތަކަށް ފީ ނަގަން ފަށާނީ 4 އޮގަސްޓުން ފެށިގެންނެވެ. ދަތުރުތަކުގެ ރޫޓުތަކާއި އަގުތައް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.

އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ