ސްރީ ލަންކާގެ ރައީސް ސަލްޓަން ޕާކުގައި ގަހެއް އިންދަވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، މިއަދު ހަވީރު ސަލްޓަން ޕާކުގައި މޫނިމާ ގަހެއް އިންދަވައިފި އެވެ.

މި ހަރަކާތް ކުރިއަށް ގެންދެވުނީ ރައީސް އަނޫރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސްގެ އަރިހުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. މީގެއިތުރުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމާއި ކެބިނެޓުގެ އެހެނިހެން މިނިސްޓަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ސްރީލަންކާގެ ރައީސް އިންދެވި ގަހަކީ ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ”5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ގެ ދަށުން އިންދެވި ގަހެކެވެ. މި ހަރަކާތަކީ ދެ ޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ޤައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ސަރުކާރުން އިސްކަންދޭ އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. 28 ވަނަ ދުވަހު ވަނީ ރާއްޖެއާއި ލަންކާއާއި ދެމެދު ރަސްމީ މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

މީގެ އިތުރުން ލަންކާގެ ރައީސް ވަނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކެބިނެޓުގެ ގިނަ މިނިސްޓަރުންނާވެސް ބައްދަލު ކުރައްވާފަ އެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކެ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ މަހުގެ 28 އިން 30 އަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ލަންކާ މިނިސްޓަރ ޠާރިޤު އިބްރާހީމް ފަސް މިލިއަން ގަސް އިންދުން ސަލްޓަން ޕާކް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ