ކްރިމިނަލް، ޑްރަގް ކޯޓުގެ ޖާގައިގެ ދަތިކަން މިއަދު މިވަނީ ނިމުމަމަށް އައިސްފައި: އަމްޖަދު

Advertisement

އެންމެ ފަސް

Advertisement

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް މިއަދު ނިމުމެއް އައިސްފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްޖަދު ވިދާޅުވީ ޖަސްޓިސް ބިލްޑިން އެނެކްސްއަކީ ޝަރުއީ ދާއިރާގެ އިމާރާތަކަށް މިފަހުގެ ތާރީހެއްގައި ސަރުކާރުން އެންމެ ބޮޑު ހޭދައެއްކޮށްފައިވާ އިމާރާތް ކަމަށެވެ.

ކްރިމިނަލް ކޯޓު ކުރިން ހިންގި އިމާރާތަކީ ބާވެ ހަލާކުވެފައިވާ އިމާރާތެއްކަން ފާހަގަކޮށް އަމްޖަދު ވިދާޅުވީ 2023 ވަނަ އަހަރު އެ އިމާރާތް ހުސްކުރެވުނު ކަމަށެވެ. އަދި އިމާރާތް ހުސްކުރުމާއި ގުޅިގެން ކްރިމިނަލް ކޯޓު ހިންގަމުންދިޔައީ ވަރަށް ދަތިހާލުގައި ކަމަށް އަމްޖަދު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިއަށްނުގެންދެވި ހުރިކަން އަމްޖަދު ފާހަގަކުރެއްވި އެވެ. އަދި ޑްރަގް ކޯޓު ހިންގަމުންދިޔަ އަމާރާތަކީވެސް ބާވެ ޖާގައިގެ ދަތިކަން ހުރި އިމާރާތެއްކަން ފާހަގަކުރެއްވި އެވެ.

ޖަސްޓިސް ބިލްޑިން އެނެކްސްގައި 15 ކޯޓު ރޫމާއި، 17 ގާޒީންގެ ރޫމް، ދައުލަތުގެ ވަކީލުން އަދި ދިފާއީ ވަކީލުން ހާއްސަ ރޫމްތައް ކަނޑައެޅިފައިވާ ކަމަށާއި އަދި ޝަރީއަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ.

”ގިނަ ދުވަސްތަކަކަށްފަހު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މިއަދު މިވަނީ ނިމުމަމަށް އައިސްފައި.“ އަމްޖަދު ވިދާޅުވި އެވެ.

އަމްޖަދު ވިދާޅުވީ އުންމީދަކީ މިއަދު މި ހުޅުވޭ އިމާރާތުގެ ސަބަބުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތުގެ ދުވެލި ހަލުވިވެ، ފަސޭހަކަމާއި އަވަސްކަމާއެކު ރައްޔިތުންނަށް އަދުލުއިންސާފު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ކަމަށެވެ.

މީގެއިތުރުން އަމްޖަދު ވިދާޅުވީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ޖާގައިގެ މައްސަލައަށް ހައްލެއް ލިބުނުނަމަވެސް މާލެ ސަރަަހައްދުގައި ހިންގާ ކޯޓުތަކަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ސުޕީރިއާ ކޯޓުތަކާއި މަތީ މަރުހަލާގެ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބެންއޮތީ ހުޅުމާލޭގައި ގާއިމުކުރާ ކޯޓު ކޮމްޕްލެކްސް އިމާރާތް ނިމުމުން ކަމަށް އަމްޖަދު ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓު އިމާރާތްކުރުމަށް ބިމެއް މިހާރު ސަރުކާރުން ހަމަޖައްސަވާފައިވާކަންވެސް އަމްޖަދު ފާހަގަ ކުރެއްވި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ