އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމާއިއެކު ކޯޓުތަކުންކުރާ މަސައްކަތަށް ލުޔެއް ލިބިގެންދާނެ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައިވަނީ، އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް ކޯޓުތަކުގައި ބޭނުންކުރަން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މިނިޒާމާއިއެކު ކޯޓުތަކުގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށެވެ. މި ނިޒާމުގެ ފައިދާ ކޯޓުތަކަށް ވީއެންމެ އަވަހަކަށް ހޯދުމަށްވެސް އުއްތަމަ ފަނޑިޔާރު އިލްތިމާސްކުރެއްވި އެވެ.
މަޤާމާއި ހަވާލުވުމަށްފަހު މާލެ ސަރަހައްދުގެ ވަރަށް ގިނަ ކޯޓުތަކަށް ޒިޔާރަތްކޮށް، ހާލަތު ބަލާފައިވާ ކަމަށާއި، މި ޒިޔާރަތްތަކުގެ ތެރެއިން ކޯޓުތަކަށް ވަރަށް ގިނަ މައްސަލަތައް ދިމާވެފައި ހުރިކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ކޯޓުތަކުން ބަލާ މައްސަލަތައް އަވަހަށް ނިންމޭނީ ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެންކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ ދައުލަތުގެ މާލިއްޔާއަށް ބަރޯސާވެގެން ހައްލުކުރެވެންހުރި މައްސަލަތަކުގެ އިތުރަށްވެސް ބައެއް މައްސަލަ ކޯޓުތަކަށް ދިމާވެފައި އެބަހުރި ކަމަށެވެ. އެ ގޮތުން މަސައްކަތް ކުރިއަށްގެންދިއުމުގައި ބައެއް ޤާނޫނީ ހުރަސްތައެއް ހުރިކަން ފާހަގަކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)