ބޮޑުވަޒީރު މޯދީ، މަޖިލިސް ރައީސްއާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.

ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑު ވަޒީރު މޯދީ، މަޖިލިސް ރައީސްއާ ބައްދަލުކުރައްވާފައިވަނީ މިއަދު އެވެ.

މި ބައްދަލުކުރެއްވުމާއި ގުޅިގެން ބޮޑުވަޒީރު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެކެވުނު ކަމަށެވެ.

އޭގެތެރޭގައި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން ހިމެނޭކަން ފާހަގަކުރެއްވި އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާކަމީ ދެޤައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ކެޕޭސިޓީ ބިލްޑިންގއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ބޮޑުވަޒީރު މޯދީ ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާވެސް ބައްދަލުކުރައްވާފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ނަޝީދު އަކީ އަބަދުވެސް އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް ކަމަށެވެ. ‘ނެއިބަރހުޑް ފަސްޓް’ ސިޔާސަތާއި މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން މި ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ