ހުޅުމާލޭ ފޭސް 1 ގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ މަޝްރޫއެއް އެޗްޑީސީން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ފަށައިފި އެވެ.

މި ހަރަކާތަކީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އިއްޔެ ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ހުޅުމާލޭގެ އިރުމަތީ ފަރުން ނެގި ވަކި ބާވަތެއްގެ މުރަކަ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި އިންދާފައިވެ އެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދުމަށް ވަނީ ރޭވިފަ އެވެ.

މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން، އީޕީއޭ އަދި އެމްއެމްއާރްއައިގެ އިސްވެރިން ބައިވެރިވެ، މުރަކަ އިންދުމުގެ މަސައްކަތުގައި ބައިވެރިވެފައިވެ އެވެ.

”މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،“ މި ހަރަކާތުގެ ތެރެއިން އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލު ވިދާޅުވި އެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަހައްދުގައި އެކި ބާވަތުގެ މޫދުގެ ދިރުންތައް އާލާކުރުމެވެ. މީގެ އިތުރުން، މި ހަރަކާތަކީ އެޗްޑީސީގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަޤްޞަދުގައިވެސް ކުރިއަށްގެންދާ ހަރަކާތެއްކަން އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

އެޗްޑީސީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތައް އިސްނަގައިގެން ކުރިއަށްގެންދިއުމާއެކު، ހުޅުމާލެ އަކީ ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ