އެކްސިޑެންޓްތަކާ ގުޅިގެން ފިޔަވަޅު ނޭޅޭތީ ޕީޖީ އާއި ފުލުހުން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

Advertisement

އެންމެ ފަސް

Advertisement

އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މިދިޔަ ހޮނިހިރު ދުވަހު މަޖިލީހަށް މެންބަރު ފޮނުއްވި ސިޓީގައިވަނީ ވޭތުވެދިޔަ ހަ މަސް ދުވަހު އެކަނި ވެސް މާލޭ ސަރަހައްދުގައި ހާހަކަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާއިރު، އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު ނޭޅި، އެ މީހުން މުޖްތަމައުގެ ތެރެއަށް ދޫވަމުންދާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮންނަ ކަމަށެވެ.

މަރުވާ މީހުންގެ އަދަދު އިތުރުވެ އަދި ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް މެންބަރުގެ ސިޓީގައިވެ އެވެ.

މެންބަރުގެ ސިޓީގައި ހުށަހަޅުއްވާފައި ވަނީ އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް، ސުވާލު ކުރުމަށެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އެކްސިޑެންޓް ހިނގީ މީހަކު މަގުހުރަސް ކުރަނިކޮށް ބާރު ސްޕީޑްގައި އައި ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މީހާގެ ގައިގައި ޖެހި އަދި އެ މީހުން ވިއްސައިގެން ގޮސް ޕިކަޕެއްގައި ޖެހިގެންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ