މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: މިނިސްޓަރ ޝަފީއު

Advertisement

އެންމެ ފަސް

Advertisement

މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

މިއީ ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތައް ހިމެނޭ 40 ކްލާސްރޫމުގެ އިމާރާތެވެ.

މިނިސްޓަރ ޝަފީޢު ދެއްވި މައުލޫމާތުގައި، މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތުގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ ސްކޫލުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި، ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތްވެސް މި އަހަރު ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ އިމާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްމާޓް ކްލާސްރޫމްތައް ގާއިމްކުރެވޭ އިމާރާތެވެ. މި މަޝްރޫޢުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ އަހަރު މަޖީދިއްޔާ ސްކޫލުގެ ”ސައްތަވީ ބިނާ“ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް އިމާރާތް ތައުލީމީ ދާރުލްއާސާރަކަށް ބަދަލުކުރެވޭނެ ކަމަށެވެ. މި ދާރުލްއާސާރުގެ ސަބަބުން މަޖީދިއްޔާ ސްކޫލުގެ ތާރީޚާއި ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ގިނަ ވާހަކަތައް އެތަނުން ފެންނަން ހުންނާނެ ކަމަށް މިނިސްޓަރ ޝަފީޢު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ މަޖީދިއްޔާ ސްކޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ