އަލްސަންގެ ޖަނާޒާއައް ސަހަރާ އެއްކޮށް ފުރާލައިފި، އެންމެންގެ ލޯތައް ކަރުނައިން ތެމިފައި

Advertisement

އެންމެ ފަސް

Advertisement

ރޭގައި މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު ބާއްވައިފި އެވެ.

އަލްސަންގެ ޖަނާޒާ ކުރިއަށްގެންގޮސްފައިވަނީ އާސަރަހާގަ އެވެ. އަލްސަންގެ މޫނު ބެލުމަށް އެ ސަރަހައްދަށް ދިޔަ އެތަށް ބަޔަކު ވަނީ އާސަހަރާގެ ބޭރުގައި ކިއު ހަދާ އެތަން ފުރާލާފަ އެވެ. އަދި އަސުރަށް ގޮވަން މަދު ވަގުތުކޮޅަކަށް ވެފައިވަނިކޮށް އަލްސަން މޫނު އެޅިއިރުވެސް އެތަށް ބަޔަކަށް އަލްސަންގެ މޫނު ބަލާލުމުގެ ފުރުސަތު ވަނީ ނުލިބިފަ އެވެ.

މޫނު ބެލުމަށް ފަހު އެތަނުން ނިކުތް ގިނަ މީހުންގެ މޫނު މަތިން ފެނިގެން ދިޔައީ ހިތާމަވެރިކަމާ މޮޅިވެރިކަމެވެ.

އަލްސަންގެ ޖަނާޒާ ކުރިޔަށްދިޔައިރު މިސްކިތުގެ ބޭރުގައި ކިޔު ހަދާފައި. — ފޮޓޯ: ޖަވިޔަނި

އާސަހަރާ މިސްކިތުގައި އަލްސަންގެ ޖަނާޒާގެ ކަންކަން ކުރިއަށް ދިޔައިރު އެންމެ ގިނައިން ފެނުނީ އަލްސަންއާ އެއް ފުރާގެ ކުދިންނެވެ. މިކަމުންވެސް ވަކިވެގެން ދިޔައީ ކުދިންނާ ގުޅޭ އެތަށް ކުދިންނެއްގެ ލޯބި ހޯދާފައިވާ ގާތް ރައްޓެއްސެއްކަން އެނގެ އެވެ. އަލްސަންގެ ޖަނާޒާގައި އާންމުންގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

އުމުރުން 17 އަހަރުގެ އަލްސަން ނިޔާވީ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް އެކްސިޑެންޓްވިތާ މާގިނައިރުތަކެއްވެސް ނުވަނީސް އެވެ.

ޖަނާޒާގެ ތެރެއިން. — ފޮޓޯ: ޖަވިޔަނި

އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ހުރި ދަރިފުޅު އެވެ.

އެކްސިޑެންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ