ހުޅުމާލޭގެ ފްލެޓެއްގައި ރޯވެ، އަނދާ ހުލިވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ ފްލެޓެއްގައި ރޯވެ، އަނދާ ހުލިވެއްޖެ އެވެ.

އެމްއެންޑީއެފްގެ ފަޔަރަ އެންޑް ރެސްކިއު ޓީމުން ބުނީ އަލިފާން ރޯވެ، އަނދާފައިވަނީ ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. އަދި އަލިފާން ރޯވި ސަބަބު ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެ އެވެ.

ހުޅުމާލޭގެ ފްލެޓެއްގައި ރޯވެ، އަނދާފައިމިވަނީ ހުޅުމާލޭގައި ހުންނަ އެންސިސް ގުދަނުގައި ރޯވެ، އަނދާ ހުލިވިތާ ދެތިން ދުވަހުގެ ތެރޭގަ އެވެ. އެ އަލިފާނުގެ ހާދިސާގައިވެސް އެއްވެސް އަނިޔާވެފައެއްނުވެ، ނަމަވެސް އަލިފާން ކޮންޓްރޯލްކުރުމުގައި އުޅުނު ދެ ފުލުހަކަށް ދުމުގެ އަސަރުކޮށް، ފަރުވާދީފައިވެ އެވެ.

އަލިފާނުގެ ހާދިސާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ