ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެމްއޭސީއެލްއިން އެއްލައްކަ ގަސް އިންދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްލައްކަ ގަސް އިންދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

އެމްއޭސީއެލްއިން ބުނީ މި އަހަރު ނިމުމުގެ ކުރިން އެއްލައްކަ ގަސް އިންދުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މިއީ މިދިޔަ އަހަރު ސަރުކާރުން ފެއްޓެވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 500،000 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް ބޭރުވުން މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ