ހުނަރު ވެހީގައި ކުރިއަށް ގެންދިޔަ ފުރަތަމަ ކޯސްތަކުން 42 ދަރިވަރަކު ދަސްވެނިވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުރަވީ ސުކޫލުގައި ގާއިމްކޮށްފައިވާ ހުނަރުވެހީގައި ކުރިއަށްގެންދިޔަ ފުރަތަމަ ދެ ކޯހުން 42 ދަރިވަރަކު ދަސްވެނިވެއްޖެ އެވެ.

ހުރަވީ ސުކޫލުގައި ގާއިމްކޮށްފައިވާ ހުނަރުވެހި އަކީ އެމްއޭސީއެލް ގެ އެހީގައި ގާއިމްކޮށްފައިވާ ވޮކޭޝަނަލް ހަބް އެކެވެ. މި ހަބްގައި އަދި ކުރިއަށް ގެންގޮސްފައިވަނީ ދެ ކޯހެކެވެ. އެއީ ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 އިން އިލެކްޓްރިކް އިންސްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެސް އަދި ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 އިން ފެޝަން ޑިޒައިން އެންޑް ޓެއިލަރިން އެވެ. މި ކޯސްޓައް ކުރިއަށް ގެންގޮސްފައިވަނީ ތިން ބެޗް އަކަށް ބަހާލައިގެންނެވެ. މި ދެ ކޯހުން 42 ދަރިވަރަކު ދަސްވެނިވެފައިވެ އެވެ.

ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ އެމްއޭސީއެލް ގެ ބޯޑު މެންބަރު އަދި ސީއީއޯ މުހައްމަދު މިހާދު އެވެ.

މި ރަސްމިއްޔާތުގައި މިހާދު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމުގެ ތެރެއިން ދަސްކުރާ ހުނަރުތަކަކީ އެ ދަރިވަރުންގެ މުސްތަގުބަލަށް މުހިންމު ފައިދާއެއް ކުރާނެ ކަންތައްތައް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ހުނަރުވެރި ދިވެހީން ބޭނުންވެފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރައްވައި ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން މިފަދަ ތަމްރީނު ދެވިގެންދިއުމަމީ މުހިންމު ކަމަށެވެ.

ހުނަރުވެހި އަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށާއި އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ގެ ދަށުން ހިންގާ ކޯސްތަކަށް ބޭނުންވާ ސާމާނުތައް ހަދިޔާ ކޮށްފައިވާ ކަން ފާހަގަ ކޮށް އެމްއޭސީއެލް އިން ބުނީ އެތާނގައި ތަރައްގީކޮށްފައިވާ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަންވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއޭސީއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ