އައު ޓާމިނަލް އިން ހިދުމަތްދޭން ފެށި 29 ވަނަ އެއާލއިންއަކަށް އެތިހާދު އެއާވޭސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ އެތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

މިކަން ފާހަގަކުރުމަށް އިއްޔެ ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ. ރަސްމިއްޔާތުގައި އެތިހާދު އެއާވޭސްގެ އޭރިއާ މެނޭޖަރ ސެންޓްރަލް ރޯން މުހައްމަދު ފާއިޒު އާއި އެއާޕޯޓް މެނޭޖަރ މުނާޒު އަލީގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވީއައިއޭގެ 1 ވަނަ ޓާމިނަލް އިން އެތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފެށުން

ޓާމިނަލް 1 އިން އެތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އިއްޔެ ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 305 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެތިހާދު އެއާވޭސްގެ ފުރަތަމަ ފްލައިޓް، EV6 އިން ރާއްޖެ އައި 180 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ގާއިމުވެފައި އޮންނަ އެތިހާދު އެއާވޭސްއަކީ ޔޫއޭއީގެ ގައުމީ އެއް އެއާލައިނެވެ. އަދި އެއީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 1 ނޮވެމްބަރު 2011 ގަ އެވެ.

ވީއައިއޭގެ 1 ވަނަ ޓާމިނަލް އިން އެތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފެށުން

މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ ތިންވަނަ އެއާލައިނެވެ. އެތިހާދު އެއާވޭސްއާއެކު، ޓާމިނަލް 1 އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 29 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ، ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ