މޮރޮކޯގައި ކިޔެވުމަށް 20 ސްކޮލަޝިޕް ފުރުސަތު ދެނީ

Advertisement

އެންމެ ފަސް

Advertisement

މޮރޮކޯގައި ކިޔެވުމަށް ކޯހުގެ ހުރިހާ ޚަރަދެއް ހިމެނޭ ގޮތަށް 20 ސްކޮލަޝިޕްގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ފުރުސަތުތަކުގައި ހިމެނެނީ ބެޗްލާސް، މާސްޓާސް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކެވެ.

މިނިސްޓްރީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި ސްކޮލަޝިޕްގެ ދަށުން ބެޗްލާސް ޑިގްރީއަށް 7 ފުރުސަތު، މާސްޓާސް ޑިގްރީއަށް 8 ފުރުސަތު އަދި ޕީއެޗްޑީއަށް 5 ފުރުސަތު ވަނީ ކަނޑައަޅާފަ އެވެ.

ބެޗްލާސް ޑިގްރީއަށް ކުރިމަތިލެވޭނީ އޯލެވެލްގެ ފަސް މާއްދާއިން ”ސީ“ އިން މަތިން ފާސްވެފައިވުމާއެކު، އޭލެވެލްގެ ތިން މާއްދާއިން ”އީ“ އިން ފެށިގެން މަތިން ފާސްވެފައިވާ ދަރިވަރުންނަށެވެ. މި ފުރުސަތަށް ހުށަހެޅޭނީ މިދިޔަ އަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށެވެ. މާސްޓާސް ކޯހަށް ކުރިމަތިލާ ދަރިވަރުން އެ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައި ވާންޖެހޭނެ އެވެ. އަދި ޕީއެޗްޑީއަށް ކުރިމަތިލެވޭނީ ކުރިމަތިލާ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ.

ސްކޮލަޝިޕަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ތައުލީމީ ސެޓްފިކެޓްތަކާއި މިނިސްޓްރީން އެދޭ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ”މައި އެޑިޔުކޭޝަން“ ޕޯޓަލް މެދުވެރިކޮށެވެ. މި ފުރުސަތަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 13 ވަނަ ދުވަހެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މޮރޮކަން ސްކޮލަޝިޕް މޮރޮކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ