ހަނިމާދޫ އެއާޕޯޓު ބޭރުފަރާތަކަށް ވިއްކާލަން އުޅޭކަމަށްބުނެ ފަތުރަނީ ދޮގު ވާހަކައެއް: މިނިސްޓަރު ސައީދު

Advertisement

އެންމެ ފަސް

Advertisement

ހަނިމާދޫ އެއާޕޯޓު ބޭރުފަރާތަކަށް ވިއްކާލަން ނުވަތަ ދިގުމުއްދަތަކަށް ކުއްޔަށް ދޭން އުޅޭކަމަށްބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވާފައިވާ ވާހަކަތަކަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޔާމީން، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކާއެކު ކުރިއަށްގެންދާ ބައްދަލުވުންތަކުގެ ތެރެއިން މިދިޔަ ބްރާސްފަތު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ނިމުމަކާގާތަށް ގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކަމަށެވެ. އަދި މި ސަރުކާރުން ވިއްކާލުމަށް ނިންމާފައިވާ ތަންތަނުގެ ތެރޭގައި ހަނިމާދޫ އެއާޕޯޓް ހިމެނޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރު ސައީދު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތުރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ”ބުހުތާނު ދޮގެއް“ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ނިމުމާ ގާތަށް ގޮސްފައިވާއިރު، މި މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވީ މި މަޝްރޫއުގެ 88.7 އިންސައްތަ ނިމިފައިވާއިރު، ޕެސެންޖާ ޓާމިނަލްގެ 83 އިންސައްތަ މިހާރު ނިމިފައިވާ ކަަމަށެވެ. އަދި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު، ހޭންގަރާއި ކާގޯ އިމާރާތުގެ 96 އިންސައްތަ ނިމިފައިވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 3.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތް ކުރެވޭނެ އެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ އެވެ.

މި މަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެން ދާނެ އެވެ. މީގެ އިތުރުން، މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤާއުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ