ފުވައްމުލަށް އަދި އައްޑޫގެ ދެ ސަރަހައްދެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފައިވަނީ މިކަމާ ގުޅޭ އެއްބަސްވުމެއްގައި ޑީއެންއާރް އާއި ފުވައްމުލަށް ސިޓީ ކައުންސިލް އަދި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން ފުވައްމުލަކުގެ އިތުރުން އައްޑޫގެ އިތަދޫ އަދި ހުޅުދޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ދިނުމަށް ވަނީ ފަށާފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައި ވެސް މި ޚިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މެލޭޝިއާގައި ވަނީ މި ހިދުމަތް ދޭން ފަށާފަ އެވެ.

ޑީއެންއާރު އިން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ރާއްޖޭގެ 23 ރަށަކަށް މި ހިދުމަތް އަންނަނީ ދެމުންނެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދާދި ފަހުން ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ކެލާ، ރ. އުނގޫފާރު، ރ. އަލިފުށީގެ އިތުރުން ނ. މަނަދޫ އާއި ކެނދިކުޅުދޫގައި ވެސް މި ހިދުމަތް ވަނީ ފަށައިފަ އެވެ.

އައްޑޫ ސިޓީ ފުވައްމުލަށް ސިޓީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ