އައްޑޫ އަދި ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައިފި

Advertisement

އެންމެ ފަސް

Advertisement

އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީގައި އިއްޔެ ދެ އެކްސިޑެންޓް ހިނގައިފި އެވެ.

އައްޑޫގައި އެކްސިޑެންޓް ވެފައިވަނީ މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގާ ސައިކަލަކުން ޖެހިގެންނެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އައްޑޫސިޓީ ހިތަދޫގައި ކަފިހިހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގާ ސައިކަލަކުންޖެހި އެކްސިޑެންޓްވި މައްސަލަ ރޭ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ފަރުވާދިނުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މީގެއިތުރުން ފުވައްމުލައް ސިޓީގައި އެކްސިޑެންޓް ވެފައިވަނީ، މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއް ކައިރީގައި މހަކު ހުއްޓާފައި ދުއްވާފައިދިޔަ ކާރެއް ސައިލުތަކާއި އެ މީހާގެ ގައިގާ ޖެހިގެންނެވެ. ބާރު ސްޕީޑުގައި ކާރު ނައިނަމަވެސް، ކާރުން ޖެހުމުގެ ސަބަބުން އެ މީހާއާއި ސައިކަލުތައް ބިންމައްޗަށް ވެއްޓިފައިވެ އެވެ.

އައްޑޫ ސިޓީ ފުވައްމުލަށް ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ