ރ. އަތޮޅު ފެރީ ޓިކެޓުގެ އަގު ކަނޑައަޅައިފި

Advertisement

އެންމެ ފަސް

Advertisement

ރ. އަތޮޅުގައި ދޭ އާރްޓީއެލް ފެރީ ހިދުމަތުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އެ އަތޮޅުގައި ހިލޭ ދަތުރުކުރެވޭ މުއްދަތު މާދަމާ ހަމަވާނެ އެވެ.

މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށް 35 ރުފިޔާ އާއި 125 ރުފިޔާއާ ދޭތެރޭ ޓިކެޓު ލިބެން ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. އަދި މިއަދުން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް އާރުޓީއެލް ރ. އަތޮޅުގެ ރޫޓްތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދީފައިވެ އެވެ.

އެމްޓީސީސީއިން ބުނެފައިވަނީ، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރަޖިސްޓްރީކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށި އިރު، މިމަހުގެ ތެރޭގައި ބ. އަތޮޅުގައި ވެސް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމަށް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ