އެމްއެމްޕީއާރުސީން ބުކިންޑޮޓްކޮމް އާއި ގުޅިގެން ވޯކްޝޮޕެއް ބާއްވައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ދުނިޔޭގެ އެންމެ މޮޅު އެއް ޑިޖިޓަލް ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ބުކިންޑޮޓްކޮމް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓްހައުސް އޮޕަރޭޓަރުންނަށް އެހީތެރިވުމުގެ ގޮތުން ވޯކްޝޮޕެއް ބާއްވައިފި އެވެ.

އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުކިންޑޮޓްކޮމްއާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ފެށި މި ވޯކްޝޮޕަކީ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި މެނޭޖަރުންނަށް މުހިންމު މައުލޫމާތުތަކަކާއި މާކެޓިން ސްޓްރެޓަޖީތަކާއި ސްޓްރެޓަޖިކް އިންސައިޓްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި ވޯކްޝޮޕެއް ކަމަށެވެ.

އެ ވޯކްޝޮޕްގެ އަމާޒަކީ އެ ޕްރޮޕަޓީތަކުގެ ވިޒިބިލިޓީ އިތުރުކޮށް، އޮންލައިން ޕްރެޒެންސް ހަރުދަނާކޮށް، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ބުކިންޑޮޓްކޮމް ޕްލެޓްފޯމް މެދުވެރިކޮށް އިތުރު ވިޔަފާރިތައް އުފެއްދުން ކަމަށް އެމްއެމްޕީއާރުސީއިން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީއިން ބުނީ، މި އިނިޝިއޭޓިވް ސެޝަންގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސްތަކަށް ބުކިންޑޮޓްކޮމްއިން ސީދާ މައުލޫމާތު ލިބުމުގެ ތަފާތު ފުރުސަތެއް ލިބުން ކަމަށެވެ. މި ސެޝަންތަކުގައި ބައިވެރިން ވަނީ އެފަރާތްތަކުގެ ވިޔަފާރުތައް ކުރިއެރުމަށާއި، ފުދުންތެރިކަން އިތުރުކުރުމަށް އަގުހުރި އިރުޝާދުތަކެއް ދީފައިވާ ކަމަށްވެސް އެމްއެމްޕީއާރުސީއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، އޮންލައިން ވިޒިބިލިޓީއާއި އާމްދަނީ ހޯދުމަށް އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި އެޑްވާންސް ޓޫލްސްތަކާއި ބެހޭ ގޮތުންވެސް ބައިވެރިން ފުޅާ ދާއިރާއެއްގައި ވިސްނާފައިވާ ކަމަށާއި، މި ވޯކްޝޮޕްގެ ސަބަބުން އެ ފަރާތްތަކުގެ ޑިޖިޓަލް މާކެޓިން ހުނަރު އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީއިން ބުނެފައިވެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ