ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއް

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އިންޓޭކްގައި ފުރަސަތު ދެވޭނީ 15 ފަރާތަކަށް ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އިންޓާންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި:

  • މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ”ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން“ ސެޓްފިކެޓް އޮތުން
  • ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެ އެވެ.

މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މެޑިކަލް އިންޓާންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުރިހާ ލިޔެކިޔުންތަކާއެކު 8 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އިންޓާންޝިޕް ޕްރޮގްރާމަށް ޝަރުތު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ބަލައިގެން ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ