ބޮޑެތި ބަލިތަކުގެ ފަގީރުންނަށް ޒަކާތު ފަންޑުން އިންޝުއަރެންސް ދެނީ

Advertisement

އެންމެ ފަސް

Advertisement

ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންގެ ބޭސް ފަރުވާއަށް އިންޝުއަރެންސް ހަމަޖައްސައިދޭން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކަށް މި ފެށުނު ހިޖުރީ އާ އަހަރާއެކު އިންޝުއަރެންސް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.

އެފަރާތްތަކަށް އިންޝުރެންސް ތައާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި، ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ކަމަށްވެސް މިނިސްޓަރު ޝަހީމް ފާހަގަ ކުރެއްވި އެވެ.

”މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ.“ މިނިސްޓަރ ވިދާޅުވެފައިވެ އެވެ.

މި ދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ. ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2،852 ފަޤީރުންނަށް, ބޮލަކަށް 5،000 ރުފިޔާގެ ރޭޓުން މި އަހަރުގެ މުދަލު ޒަކާތް ބަހާފައިވެ އެވެ.

ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ކުރެ އެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށަ ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މޯލްޑިވްސް ޒަކާތު ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ