ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން ކުޑަކުދިންގެ ހިޔާ އިމާރާތަށް ބަދަލުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތް ހުސްކުރުމަށްޓަކައި އެ ހޮސްޕިޓަލްގެ މަސައްކަތްތައް ވަގުތީ ގޮތުން ކުޑަކުދިންގެ ހިޔާ އިމާރާތައް ބަދަލުކުރަން ނިންމައިފި އެވެ.

ވިލިމާލެ ހޮސްޕިޓަލް ކުޑަކުދިންގެ ހިޔާ އިމާރަތައް ބަދަލުކުރަން ނިންމާފައި ވަނީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލެއް ހަދަން ނިންމާފައި ވާތީ އެވެ. އާ ހޮސްޕިޓަލް ވެސް އިމާރާތް ކުރަން ސަރުކާރުން ނިންމާފައި ވަނީ މިހާރު ވިލިމާލެ ހޮސްޕިޓަލް ހިންގާ ތަނުގަ އެވެ.

އެ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ”އަމާން ހިޔާ“ ގައި ވިލިމާލޭގެ ވަގުތީ ހޮސްޕިޓަލު ހިންގުމަށް ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އާދަމް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވަނީ ސޮއިކުރައްވައިފަ އެވެ.

ވިލިމާލެ ހޮސްޕިޓަލުން ލިބެނީ ވަރަށްމަދު ފަރުވާއެކެވެ. އެހެންކަމުން، ސަރުކާރުން އަންނަނީ ތިލަމާލެ ބްރިޖު މަސައްކަތް ނިންމައި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށާއިރު ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލު އެޅުމަށް ”ލެޓާ އޮފް އެކްސްޗޭންޖު“ގައި ސޮއިކުރެއްވުމަށް މި މަހުގެ ކުރީކޮޅު ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ވިލިމާލެ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ