އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފި އެވެ.
ތުރުކިޔޭގެ އިސްތަމްބުލްގައި ކުރިއަށްގެންދާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 51 ވަނަ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އަދި 22 ވަނަ ދުވަހު އެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި މި ބައްދަލުވުމުގައި އިސްލާމީ އުންމަތަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މިއަހަރުގެ މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޯއައިސީގެ މެންބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބައިވެރިވާ މި ބައްދަލުވުމަކީ ކޮންމެ އަހަރުވެސް ބާއްވާ ބައްދަލުވުމެކެވެ. ދިވެހިރާއްޖެއިން އޯއައިސީގައި ބައިވެރިވެފައިވަނީ 1976 ވަނަ އަހަރު އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް