ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރެސީ ދެމެހެއްޓުމަށް ވަރަށް މުހިއްމު ކަމެއް: ހީނާ

Advertisement

އެންމެ ފަސް

Advertisement

ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ޑިމޮކްރެސީގެ ނިޒާމު ދެމެހެއްޓުމުގައި ވަރަށް މުހިއްމު އަދި އެހާމެ ރީތި އަސާސެއްކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިހެން ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ”އެކްސް“ ގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން ކުރެއްވި ޕޯސްޓެއްކަމަށް ބެލެވެ އެވެ.

ފައްޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކަށް ތަނެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި، ކުރީގެ ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅޭ ހަފްލާ ބޭއްވުމަށް ތަނެއް ހަމަނުޖެހިއްޖެނަމަ އެ ހަފްލާ ބާއްވާނީ މުލިއާގޭ ކަންމަތީގައި ކަމަށެވެ.

ހީނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމާއި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމުގެ އިތުރުން ގައުމަށްޓަކައި އަޑު އުފުލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

މި ސަރުކާރުން ވަނީ މާލޭގެ ތިން ސަރަހައްދަކަށް ހުއްދަ ހޯދުމަކާ ނުލައި އެއްވެ އަޑުއުފުލުމުގެ ފުރުސަތު އިތުރަށް ތަނަވަސްކޮށްދީފަ އެވެ. މިގޮތުން، ކުރިން ހުއްދަ ނުހޯދާ އެއްވެވޭ ހަމައެކަނި ސަރަހައްދު ކަމުގައިވާ ކާނިވާ ސަރަހައްދުގެ އިތުރުން، މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދާއި، އުސްފަސްގަނޑު ސަރަހައްދު އަދި ރަސްފަންނު ސަރަހައްދުވެސް ވަނީ ހުޅުވާލާފަ އެވެ. ހީނާވަނީ މިކަންކަންވެސް ފާހަގަ ކުރައްވާފަ އެވެ.

ހީނާ އިތުރަށް ވިދާޅުވެފައިވަނީ، ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތްގޮތަށް ސިޔާސީ ބޭފުޅުން ވާހަކަދެއްކުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯގެ އިތުރުން ޑިމޮކްރަސީގެ ނިޒާމު ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމަށެވެ.

ހީނާ ވަލީދު އެމްޑީޕީ ފައްޔާޒް އިސްމާއިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ