އެމްޑީޕީ ވެރިކަމުގައި ދައުލަތް ލޫޓުވާލި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ: ފަލާހު

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީގެ ވެރިކަމުގައި ދައުލަތް ލޫޓުވާލި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިފަދައިން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ ދައުރުގައި ހިންގާފައިވާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓް ރިޕޯޓަކުން ހާމަވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ފެނަކައިން އެކަނި 2.2 ބިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި، މިއީ އެމްއެމްޕީއާރުސީގެ ޚިޔާނާތަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ. އަދި މި ފައިސާ ލައްކަ ދިމާލަކަށް ބައިކޮށްފައި ހުންނާނެ ކަމަށާއި، ރަނގަޅަށް ބެލުމުން އެކަން ފާހަގަކުރެވޭނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

”މިހާރު ރައްޔިތުންނަށް ސާފުވާނެ 3 އޮކްޓޫބަރު ގައި މިކިޔާ ލޫޓުވައިފި މިބަހުގެ މާނަ. ހަނދާން ނައްތާލާ ތިހެން މުޅި ޤައުމު ނޮޅާލައިގެން ތިބެ ކުށެއް ނެތް ހަލާލު މަސައްކަތުން މުދާ ހޯދާފައި ތިބި ބައެއްގެ ބޮލުގައި ހުރިހާކަމެއް އަޅުވާފައި ބަޗައިގެން ނުދެވޭނެ. އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ މި އެންމެން،“

މީގެއިތުރުން، އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެތައްސަތޭކަ އަހަރެއް ގައުމު ފަހަތަށް ދުއްވާލައި، ގައުމު ދަރުވާލައި، ބަނގުރޫޓުކޮށްލާ ކަމަށްވެސް ފަލާހު ވަނީ ފާހަގަކުރައްވާފަ އެވެ.

އެމްޑީޕީ އޮޑިޓް ރިޕޯޓު ފެނަކަ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ