ހުއްދަނެތި އެމްޑީޕީން ހަރުކުރި ބެނާތައް އެޗްޑީސީން ނަގަނީ

Advertisement

އެންމެ ފަސް

Advertisement

ހުއްދަ ނެތި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ބެނާތަކާއި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުއްދަނެތި ހަރުކޮށްފައިވާ ބެނާތައް ނެގުމުގެ މަސައްކަތުގެ ތެރެއިން އެ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ބެނާ އަދި ޕޯސްޓަރު ފަދަ ތަކެތި ހަރުކުރުމަކީ އެ ކުންފުނީގެ ހުއްދަ ނެތި ކުރުން މަނާ ކަމެކެވެ. އަދި މިފަދަ ތަކެތި ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހުއްދައަށް އެދުމުން، އޮންނަ އުސޫލުގެ ތެރެއިން އެ ފުރުސަތު ދެމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

މީގެއިތުރުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެޗްޑީސީއަށް ދެމުންދާ އެއްބާރުލުން އެ ކުންފުނިން ވަނީ ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

އެމްޑީޕީން ވަނީ އެ ޕާޓީން އަންނަ މަހުގެ 3 ވަނަ ދުވަހު ބާއްވާ އެއްވުމާ ގުޅިގެން ހުޅުމާލެ އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބެނާތައް ހަރުކޮށްފަ އެވެ. މިގޮތުން މާލޭގައި ހަރުކޮށްފައިވާ ބެނާތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ފަށާފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ