އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް ފްލޫ ކްލިނިކެއް ހުޅުވައިފި

Advertisement

އެންމެ ފަސް

Advertisement

ރޯގާ އާއި ހުން އިތުރުވާތީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައިވެސް ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

މިކަން ހާމަ ކޮށްފައި ވަނީ، އެ ހޮސްޕިޓަލުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ، އެ ފްލޫ ކްލިނިކް މިއަދު ހުޅުވީ ހައްޖުވެރިން ރާއްޖެ އައުމާ އަދި މި ދުވަސްވަރު އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރު އިތުރުވަމުންދާތީ އެފަދަ ބަލިތަކުން ރައްކާތެެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ހިތްފަހި ކްލިނިކުގައި ހުޅުވި އެ ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް ކަަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އެ ކްލިނިކަށް ދައްކަންދާ ފަރާތްތަކުން މާސްކް އަޅައިގެން ދިއުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހައްޖުވެރިން ރާއްޖެ އައުމާ ދިމާކޮށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މިދިޔަ ހަފުތާގައި ވަނީ ފްލޫ ކްލިނިކުތަކެއް ހުޅުވާފަ އެވެ.

ހައްޖުން އެނބުރި އަންނަ މީހުން ރޯގާ ޖެހި ކެއްސާ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުމަށާ އަދި ކުޑަކުދިންނާ ކައިރިނުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިރުޝާދުދީފަ އެވެ.

އައްޑޫ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ