ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަކީ އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައް: ސީޕީ ނަވީން

Advertisement

އެންމެ ފަސް

Advertisement

ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ނަވީން ވިދާޅުވީ، އެކްޓިން ކޮމިޝަނަރުގެ ގޮތުގައި ހުންނެވިއިރުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ފުލުހުންނާމެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ.

އެގޮތުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ފުލުހުންނަށް ކުރެވިދާނެ ކަންކަން ބަލައި، އެމަގުން މަސައްކަތްތައް ބައްޓަން ކުރައްވަމުންދާކަން ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް ނުލިބުމަކީ ގިނަ ބައެއްގެ ޝަކުވާއެއް ކަމަށާއި، އެކަން ހައްލުކުރުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ. ނަވީން ވިދާޅުވީ އަވައްޓެރި ފުލުހުންނަކީ ކާމިޔާބު މަސައްކަތެއް ކަމަށާއި އެކަންވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އިސްމާއިލް ނަވީވް އައްޔަނު ކޮށްފައިވަނީ ޖޫން 10 ވަނަ ދުވަހު އެވެ.

ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވަނީ ނަވީން ވަނީ މީގެކުރިން ފުލުހުންގެ އިސް މަގާމުތަކެއްވެސް ފުރުއްވާފަ އެވެ. އެގޮތުން ނަވީން ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. އިސްމާޢީލް ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަޤާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަޤާމު ފުރުއްވާފަ އެވެ.

ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލަރ އޮފް ލޯ ހާސިލުކުރައްވާފަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ