ފުލުހުންގެ ޔުނީފޯމްއަށް ގަދަރު ކުޑަވާ އެއްވެސް ކަމެއް ނުކުރަން ސީޕީ އެދިވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ ޔުނިފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއް ކަމަށާއި، އެ ޔުނިފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން އެދިވަޑައިގެންފި އެވެ.

ސީޕީ ނަވީން މިކަމަށް އެދިވަޑައިގަތީ 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރޭ ދަސްވެނިވި ފުލުހުންނަށް އިޝާރާތްކުރައްވައި ނަވީން ވިދާޅުވީ، އެ މީހުން އިޚުތިޔާރުކުރީ ފަސޭހަ މަގެއް ނޫން ކަމަށެވެ. އެއީ، ވަރަށް ބުރަ ޒިންމާތަކާއި ގުރުބާނީތައް އެކުލެވޭ މަގެއް ކަމަށް ވީ ނަމަވެސް، އެ ފުލުހުން އިޖާބަ ދިނީ ގައުމީ ގޮވާލުމަކަށް ކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ނަވީން ވަނީ ފުލުހުންގެ ޔުނިފޯމަކީ އެ މީހުންގެ ވަޒީފާ ކޮންމެ ދުވަހަކު ހަނދާންކޮށްދޭނެ އެއްޗެއް ކަމަށާއި، ފުރިހަމަ ކުރި ތަމްރީނުން އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ހަނދާންކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

”މި ޔުނިފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއް. މި ޔުނިފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއް. އެހެންކަމުން މި ޔުނީފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ތިޔަ ހުރިހާ ފުލުހުންނަށް ނަސޭހަތްތެރިވަން.“

ނަވީން ވިދާޅުވީ މި ކަންކަމަށް ސަމާލުކަން ދީފި ނަމަ ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ތަފާތު ކުރުމެއް ނެތި ފުލުހުންނަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ގައުމު ބަރޯސާވަނީ ހިތްވަރުގަދަ، އޯގާތެރި، ހަރުދަނާ، އިހުތިރާމްކުރާ، އަޒުމް ވަރުގަދަ އަދި އަދުލުވެރި ފުލުހުންގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަސައްކަތުގައި އުނދަގޫ ނިންމުންތަކާއި ޕްރެޝަރުގައި މަސައްކަތް ކުރަންޖެހޭ ވަގުތުތަކާ އެކު ވިސްނުމާއި އަޒުމް އިމްތިހާނު ކުރާނެ ހާލަތްތައް އަންނާނެ ކަމަށް ސީޕީ ނަވީން ވިދާޅުވި އެވެ. އެހެންނަމަވެސް، އެފަދަ ވަގުތުތަކުގައި ވެސް އެކަނިވެރި ނުވާނެ ކަމަށާއި، ފުލުހުންގެ ދިގު ތާރީހު އަބަދުވެސް ހަނދާން ކުރަން ޖެހޭނެ ކަމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ