ލައިވް ބްރޯޑްކާސްޓް ކުރިއަށްދަނިކޮށް އިރާންގެ ދައުލަތުގެ ޓީވީ ސްޓޭޝަން ހިންގަމުންދިޔަ އިމާރާތަށް އިޒްރޭލުން ހަމަލާދީފި އެވެ.
އިރާންގެ ވެރިރަށް ތެހްރާންގެ އެކިތަންތަނަށް އިޒްރޭލުން ހަމަލާދެމުންދާއިރު، އިރާންގެ ދައުލަތުގެ ޓީވީ ސްޓޭޝަން ހިންގާ އިމާރާތްވެސް ހުންނަނީ ތެހްރާންގަ އެވެ.
އެ އިމާރާތަށް ހަމަލާދިންއިރު އެ ގައުމުގައި މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޝަހަރްއިމާމީ އިނީ އޮންއެއާގަ އެވެ. ލައިވް ބްރޯޑްކާސްޓްގައި އޭނާ އިންދާ ބާރު އަޑުފައްގަނޑަކާއެކު ސްޓޫޑިއޯތެރެއިން ދުންއަރާ މަންޒަރުފެނެ އެވެ. 300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ މި އިމާރާތަށް ހަމަލާދިންއިރު މަރުވި މީހުން އަދި ޒަހަމުވި މީހުންގެ އަދަދެއް ސާފެއްނުވެ އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވަނީ ތެހްރާންގެ ވަކި ހިސާބަކުން މީހުން ނިކުތުމަށްވެސް އަންގާފަ އެވެ. އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވަނީ އެތަނަށް ހަމަލާދޭނެ ކަމަށްބުނެ އެވެ.
އިރާންގެ ދައުލަތުގެ ޓީވީ ސްޓޭޝަން ހިންގާ އިމާރާތް ހުންނަނީ މި ސަރަހައްދުގަ އެވެ.
އިޒްރޭލުން އިރާނަށް ހަމަލާދޭން ފަށާފައިވަނީ ބްރާފްސަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އޭގެފަހުން އިރާން އަދި އިޒްރޭލުން ހަމަލާތައް ބަދަލުކުރަމުންދާއިރު، އިޒްރޭލްގެ ހަމަލާތަކުގައި އިރާނުން މިހާތަނަށް 220 މީހުން މަރާލާފައިވެ އެވެ. އޭގެތެރޭގައި 70 އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެ އެވެ.