މިންތީގެ މަފްހޫމްތަކަށް ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ށ. އަތޮޅުގެ ދެ ރަށެއްގައި ކުރިއަށް ގެންގޮސްފި އެވެ.
މި ސެޝަންއަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޕްރޮގްރާމް (އިފާޑް) އާއި އެގްރިކަލްޗާ މިނިސްޓްރީ އަދި ސޯޝަލް މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.
މި މަހުގެ 10 ވަނަ ދުވަހު ށ. ކަނޑިތީމުގައި މި ސެޝަން ބޭއްވިއިރު 14 ބައިވެރިން ވަނީ ބައިވެރިވެ އެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ށ. ގޮއިދޫގައި ކުރިއަށް ގެންދިޔަ ސެޝަންގައި 9 ބައިވެރިންވަނީ ބައިވެރިވެފަ އެވެ.
މިންތީގެ މަފްހޫމްތަކަށް ހޭލުންތެރި ކުރުމުގެ ސެޝަންގައި އަލި އަޅުވާލާފައި ވަނީ:
- މިންތިއާއި ޖިންސްގެ ތަފާތު
- ސޯޝަލައިޒޭޝަންއަކީ ކޮބައިކަން
- އިކުއަލިޓީ އަދި އިކުއިޓީގެ ތަފާތު
- ބާރުވެރިކުރުމަށް ކޮބައިކަން
- ޖެންޑާ ސްޓީރިއޮޓައިޕިން އަކީ ކޮބައިކަން
- އިންޓަސެކްޝަނަލިޓީ
- ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތު
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް( މެޕް) އިން އަންނަނީ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ކަމާއި ގުޅުންހުރި އެކި ތަމްރީންތަށް ފޯރުކޮށްދެމުންނެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
