އީރާންގެ ގޭސް ރިފައިނަރީއަކަށް އިޒްރޭލުން ހަމަލާދީފި

Advertisement

އެންމެ ފަސް

Advertisement

އިރާންގެ ސައުތް ޕާސް ގާސް ރިފައިނަރީއަށް އިޒްރޭލުން ހަމަލާދީފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިޒްރޭލުން ހަމަލާދީފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ދިން ޑްރޯން ހަމަލާގެ ސަބަބުން ގޭސް ރިފައިނަރީގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އެތަނުގައި ވަނީ އަލިފާން ރޯވެފަ އެވެ.

އިޒްރޭލުން ހަމަލާދީފައިވާ މި ގޭސް ރިފައިނަރީއަކީ ދުނިޔޭގެ އެންމެ ބޮޑު ނެޗުރަލް ގޭސް ފީލްޑެވެ. މި ގޭސް ފީލްޑަކީ ގަތަރާއި އިރާނާއި ގުޅިފައިވާ ގޭސް ފީލްޑެކެވެ.

އިޒްރޭލުން އިރާނަށް ހަމަލާދީފައިވަނީ ބްރާފްސަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އެ ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ އިސްވެރިންތަކެއް އަވާހާރަކޮށްލާފައިވެ އެވެ. އަދި އާންމުން ދިރިއުޅޭ ތަންތަނަށް ދިން ހަމަލާތަކެއްގައި އާންމުންގެ ތެރެއިން ބަޔަކުވެސް މަރުވެފައިވެ އެވެ. އެގޮތުން 78 މީހަކު މަރުވެފައިވާ ކަމަށް އިރާންގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

އިޒްރޭލުގެ މި ހަމަލާތަކުގެ ރައްދުގައި އިރާނުން ރޭ ވަނީ އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެގޮތުން އިރާންގެ މިސައިލް ހަމަލާތައް ވަނީ އިޒްރޭލުގެ ތެލެވީވްގެ އެކި ހިސާބުތަކަށް އަރާފަ އެވެ.

އިރާން އިޒްރޭލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ