ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސައުދީއަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ރައީސް ހައްޖަށް ވަޑައިގެންނެވިއިރު، މިދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ސައުދީގެ ވަލީއަޙުގެ މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާފަ އެވެ. އަދި އެ ގައުމުގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރާވެސް ބައްދަލުކުރައްވާފައިވެ އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވަނީ، މި އަހަރުގެ ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ފަރާތްޕުޅުން ވަލީއަޙުދު މުހައްމަދު ބިން ސަލްމާން ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައިވެސް ބައިވެެރިވެވަޑައިގެންފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އިންނެވީ ވަލީއަޙުދު މުހައްމަދުގެ އެންމެ އަރިހުގަ އެވެ.
މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފް އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ސައުދީ