ހައްޖަކީ މުސްލިމުންގެ އެެއްބައިވަންތަކަން ދައްކުވައިދޭ އަޅުކަމެއް: އީދު ޚުތުބާ

Advertisement

އެންމެ ފަސް

Advertisement

ޙައްޖު ދުވަހަކީ ދުނިޔޭގެ ހުރިހާ މުސްލިމުން ތަމްސީލުކޮށްދޭ އަދި އެެއްބައިވަންތަކަން ދައްކުވައިދޭ އަޅުކަމެއް ކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފި އެވެ.

އީދު ޚުތުބާގައި ބުނެފައިވަނީ ، ހައްޖަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި މާތްﷲ ގެ ހަޟުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކައިދޭ އަޅުކަމެއް ކަމަށެވެ.

އިސްލާމް ދީންއައީ އަޅުކަމުގެ ތެރެއިން މި އުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދޭން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރު ކަމަށް ބުނެފައިވެ އެވެ.

އީދު ޚުތުބާގައި ބުނެފައިވަނީ، ހައްޖުގެ އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހިމްގެފާނުގެ ވާހަކަ ކަމަށެވެ. އެގޮތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާއާވާ ކަމަށާއި އަދި އިބްރާހިމްގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ދަރިކަލުން ގުރުބާންކުރެއްވުމަށް މާތްﷲ ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ގޮތްވެސް ފާހަގަކުރެވޭކަން ޚުތުބާގައި ބުނެފައިވެ އެވެ.

އެގޮތުން އިސްމާއިލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަހަރެމެންގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި، މައިންބަފައިންނަށް ކިޔަމަންގަންނާން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

”މިއަދު އަހަރެމެންގެ ދަރިން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވެއެވެެ. އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދާށެވެ!“ ޢީދު ޚުތުބާގައި ބުނެފައިވެ އެވެ.

މީގެއިތުރުން ޚުތުބާގައި ބުނެފައިވަނީ، މާތްﷲ ހައްޖާއި އީދު ޝަރުއުކުރެއްވީ އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ ދިރިއުޅުމަށާއި، އުންމަތް އާރާސްތުކުރުމަށްޓަކައި ކަމަށެވެ.

ޚުތުބާގައި ބުނެފައިވަނީ، އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ސ.އ.ވ ގެ އެންގެވުންތަކާ ދުރުހެލިވުން ކަމަށާއި އަދި ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސްނޭހުމުން ކަމަށެވެ.

އަޟްހާ އީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ