ކަރަންޓު އަގުހެޔޮކުރުމުން ރައްޔިތުންނަށް މާލީ ބޮޑު ލުޔެއް ލިބޭނެ: ފަހުމީ

Advertisement

އެންމެ ފަސް

Advertisement

ކަރަންޓު އަގުހެޔޮކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމުން ރައްޔިތުންނަށް މާލީ ބޮޑު ލުޔެއް ލިބޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް މިހާރު ފެންނަމުންދާ ކަމަށެވެ.

ކަރަންޓު ޓެރިފް ރޭޓްތައް ކުޑަކުރުމަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއްކަން ފަހުމީ ފާހަގަކުރެއްވި އެވެ.

”ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިއުލާންކުރެއްވި ކަމަށްޓަކައި، އެމަނިކުފާނަށް އިޚްލާސްތެރިކަމާއެކު، މަރުހަބާއާއި ޝުކުރު ދަންނަވަން.“ ފަހުމީ ވިދާޅުވި އެވެ.

މި ބަދަލު ގެނައުމަށް ރައީސް މުއިއްޒު ނިންމަވާފައިވަނީ ޖޫން 1، 2025 އިން ފެށިގެންނެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިކަން ތަންފީޒު ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާ ކަމަށެވެ.

މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް އާންމު ގޭބިސީތަކުގެ ހަރަދު ކުޑަ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ކުރެވުނު ބޮޅެކެވެ.

ކަރަންޓު ޓެރިފް ރޭޓްތައް ކުޑަ ކުރާ ގޮތް:

 

 

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ