ކިނބިދޫ – ވޭމަންޑޫ ކޯޒްވޭއާއި އެލާ ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

ތ. ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލައި، އެ ދެ ރަށުގެ ދެމެދުގައި އޮންނަ ތ. އެލާ ފަތުރުވެރިކަމުގެ ބޭނުންތައް ކުރެވޭ ރަށެއްގެ ގޮތުގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިޢުލާންކޮށްފިއެވެ.

ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން މިކަން އިޢުލާންކުރަމުން ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން ކިނބިދޫ – ވޭމަންޑޫ ލިންކް ތަރައްޤީކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް މާލީ އަދި ފަންނީ ޤާބިލުކަން ސާބިތުކޮށްދެވޭ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ކިލޯމީޓަރުގެ ކޯޒްވޭއެކެވެ. މީގެ އިތުރުން ކޯޒްވޭއާ ގުޅޭ މަގު ދެ ރަށުގައިވެސް ތަރައްޤީކުރުމާއި، ކޯޒްވޭއާއި ރަށާ ގުޅޭ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ ވުޒާރާއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި މަޝްރޫޢަކީ އެ ސަރަހައްދުގެ ތަރައްޤީއަށް މުހިންމު ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެ އެވެ. ޚާއްޞަކޮށް ދެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަމާއި، އެ ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށް މި މަޝްރޫޢުން މަގުފަހިވެގެންދާނެ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ތ. ކިނބިދޫ ތ. ވޭމަންޑޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ