ދެ ކުންފުންޏެއްގެ ޗެއާމަންގެ މަގާމަށް ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަޤާމަށް ހ. ސީސައިޑް، އައިޝާ ނޫރައިން ޖަނާހު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
މީގެއިތުރުން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަޤާމަށް މ. ލާލުބާގް، އަހްމަދު ޝަހީރު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށްވެސް ޕީސީބީން ބުނެފައިވެ އެވެ.
ނޫރައިން މީގެކުރިން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ. ނޫރައިން އެމްއެމްޕީއާރްސީގެ ޗެއާމަންކަމާއި ހަވާލުވެވަޑައިގަތީ ޑިސެންބަރު 27، 2023 ގަ އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ޝަހީރު ވަނީ 2015 އިން 2018 ވަނަ އަހަރާއި ހަމައަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަނު ކުރެއްވިއިރު އޮގަސްޓް މަހުގެ ތެރޭގައި އޭނާވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެމްއޭސީއެލް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
