އިއްޔެ ދޫކޮށްލުމަށްފަހު، ހައްޔަރުކުރި ރައުދުގެ ބަންދަށް 5 ދުވަސް ޖަހައިފި

Advertisement

އެންމެ ފަސް

Advertisement

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުގައި ބެހެއްޓުމަށްފަހު، އިއްޔެ ކުއްލިގޮތަށް ދޫކޮށްލައި އަނެއްކާވެސް ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް 5 ދުވަސް ޖަހައިފި އެވެ.

އިއްޔެ ހެނދުނު ކުއްލިގޮތަކަށް ފުލުހުން ރައުދު ދޫކޮށްލުމަށްފަހު، އޭނާ އަނެއްކާވެސް ހައްޔަރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގަ އެވެ. ހައްޔަރުކުރުމަށްފަހު ފުލުހުން ބުނިގޮތުގައި، ރައުދު ހައްޔަރުކުރީ ފުރިހަމަކުރަންޖެހޭ އިޖުރާތުތަކެއް ހުރުމުގެ ސަބަބުންނެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، އޭނާ 5 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މުއްދަތު ޖަހައިފަ އެވެ.

ފުލުހުން ރައުދު ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ އިރު އޮއްސުނު ފަހުންނެވެ.

ހަތަރު ފަހަރެއްގެ މަތިން ރައުދުގެ ބަންދު މުއްދަތު ޖަހާފައިވާއިރު، އެންމެ ފުރަތަމަ ރައުދުގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ޖެހިއިރު އޭގެފަހުން 10 ދުވަސް، އޭގެފަހުން ފަސް ދުވަސް އަދި އެންމެފަހުން ވަނީ 20 ދުވަސް ބަންދަށްދީފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާއިލާގެ ފަރާތުން ހަމަޖައްސާދީފައިނުވާތީ އަދި ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާތީ، މެލޭޝިޔާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިޔާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަން ފުލުހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

ޔުމުންގެ އާއިލާން ތުހުމަތުކުރާގޮތުގައި ޔުމްނު ވެއްޓުނު ވަގުތު، ރައުދުގެ އިތުރުން، އިތުރު ބަޔަކު އެތަނުގައި ތިބި އެވެ. ނަމަވެސް މިހާތަނަށް ފުލުހުންނާއި މީޑިއާތަކުން ހާމަކޮށްފައިވާ އެއްވެސް ފުޓޭޖްއަކުން އެ އިމާރަތަށް އިތުރުބަޔަކު ވަދެ، ހަރަކާތްތެރިވާ މަންޒަރެއް ފެނިފައެއް ނުވެ އެވެ.

ނަމަވެސް ހާދިސާ ހިނގި ރޭ ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހުންގެ ފޯނާއި ޕާސްޕޯޓްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. މިގޮތުން އައިޝަތު ލަޔާލީ އިޤުބާލް، އިޒްދިޔާން މުޙައްމަދު މައުމޫން، ޔޫސުފް އަޙްމަދު އަކްރަމް، ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ޙުސައިން ހަމީސް ޢަލީ އަދި އިޖާޒް ޖާއިޒްގެ ފޯނާއި ޕާސްޕޯޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރައުދު އަހުމަދު ޒިލާލް އަންހެނަކު ވެއްޓުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ