މިނިސްޓަރ ގައްސާން މެލޭޝިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން، މެލޭޝިއާގެ މިނިސްޓަރ އޮފް ޑިފެންސް ޑަޓުކް ސެރީ މުޙައްމަދު ޚާލިދް ނޫރައްދީންއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު މެލޭޝިއާގައި ކުރިއަށްދާ “ލަންކާވީ އިންޓަރނޭޝަނަލް މެރިޓައިމް އެންޑް އެރޯސްޕޭސް އެގްޒިބިޝަން 2025″ގެ ހަވާސާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މެލޭޝިއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.

އެހެން ނަމަވެސް މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތެއް ޑިފެންސް މިނިސްޓްރީއިން ހާމަ ކޮށްފައެއްނުވެ އެވެ.

ރާއްޖެ - މެލޭޝިޔާ މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ