ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ތަމްރީނަށް 340 ބައިވެރިން ފުރައިފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ ތަމްރީނުތަކަށް 340 ބައިވެރިން ފުރައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނެފައިވަނީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ, ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނުތައް ހެދުމަށް މިއަދު ފުރާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރިން މިއަދު ފުރާފައިވާ ކަމަށާއި، މި ބައިވެރިން ތިން މަސްދުވަހުގެ ތަމްރީނު ފުރިހަމަކުރާނީ ޅ. މާފިލާފުށީގައި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ތަމްރީނަށް ބައިވެރިން ފުރަނީ / ފޮޓޯ: އެމްއެންޑީއެފް

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޭ 1 ވަނަ ދުވަހުން ޖޫން 1 ވަނަ ދުވަހުގެ ނިޔަލަށެވެ. ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ބައިވެރިން ހޮވުމުގެ މަރުޙަލާ މިއަހަރުގެ ޖުލައި މަހު ބާއްވާފައިވަނީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ކަމަށެވެ. މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ.

މި ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ރައީސް މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި، ”ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ސިފައިންގެ އަދި ފުލުހުންގެ ޚިދުމަތަށް 250 އާއި 1،000 މީހުން ރެކްރޫޓު ކުރެވޭނެ“ ކަމަށް ވިދާޅުވެފަ އެވެ.

އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ