2 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން މީޑިއާ ކައުންސިލް އިންތިޚާބަށް އަލުން ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިހާބަށް ކުރިމަތިލި 2 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން އަލުން މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ނެރުނު އިޢުލާނެއްގައި ވިދާޅުވީ މީޑިއާ ކައުންސިލްގެ ހުސްވެފައިވާ 3 މަޤާމަށް ކުރިމަތިލާން ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތިލީ 4 ކެންޑިޑޭޓުން ކަމަށެވެ.

އެގޮތުން މި އިއުލާނުގައި ވަނީ ދެ ކެންޑިޑޭޓުން މިހާރު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެހެންކަމުން އަލުން އެ ފުރުޞަތު ހުޅުވާލީ ކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ އަލުން މީޑިއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލި ނަމަވެސް ކުރިން އެ މަޤާމަށް ފޯމު ހުށަހަޅާފައިވާ ބޭފުޅުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން މީޑިއާ ކައުންސިލަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިޚާބު ތާވަލު ކޮށްފައިވަނީ މި މަހުގެ 30 ވަނަ. ދުވަހަށެވެ.

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލާފައިވާއިރު އެ މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މެންބަރުކަމަށް އެދި ހުށަހަޅާ ފޯމާއި މައްސަލަ ސާފު ކުރާ ފޯމު މިނިސްޓްރީގެ އީމެއިލް، media@youth.gov.mv މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ