ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފެށި ބަންކަރިންގެ ހިދުމަތުން ހޯދަމުންދާ ކާމިޔާބަކީ މި ސިނާޔަތުގައި މުސްތަގުބަލަށްކުރެވޭ ވަރަށް ބޮޑު އުންމީދެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިކަމާ ބެހޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ސަރުކާރުން މި މުހިއްްމު ސިނާއަތް ކުރިއެރުވުމަށް ގިނަމަސައްކަތްތަކެއް ބާރުސްޕީޑްގައި ކުރައްވަމުންދާ ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، އިންޓަނޭޝަނަލް ބަންކަރިންގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކާއިއެކު މުހިއްމު މަޝްވަރާތައްވެސް ކުރިއަށްގެންދާ ކަމަށާއި އިޤްތިސާދު ޑައިވާސިފައިކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ މެނިފެސްޓޯގައި ހިމެނޭ އެއްމެ މުހިއްމު އެއްމަސައްކަތް ކަމަށެވެ.
މުޅީންއަލަށް މީގެ ކުޑަދުވަސްކޮޅެއްކުރިން އެސްޓޯއިންފެށި މިމަސައްކަތުގައި ހޯދަމުންދާ ކާމިޔާބަކީ މިސިނާއަތުގެ މުސްތަގުބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެސްޓީއޯ އިން ފާއިތުވި ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީއެއްކަން ފާހަގަކުރައްވާފައިވެ އެވެ.
އެސްޓީއޯއިން ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.
ބަންކަރިންގ ހިދުމަތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު