މުހަންމާ ހިމެނޭހެން ޕީޕީއެމް ސެނެޓުގެ ގިނަ ބަޔަކު ޕީއެންސީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓުގައި ތިބި ގިނަ ބަޔަކު ޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިއްޖެ އެވެ.

ޕީޕީއެމްގެ ސެނެޓުގައި ތިބި ގިނަ މަންބަރުން ޕީއެންސީއާ ގުޅިފައި މިވަނީ ޕީޕީއެމް އުވާލުމުންނެވެ. ޕީޕީއެމް އުވާލުމަށް ޕީޕީއެމްގެ ސެނެޓުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އުވާލާފައިވަނީ މިއަހަރުގެ ޖެނުއަރީ 30 ގަ އެވެ.

ޕީޕީއެމް އުވުނު އިރު އެ ޕާޓީގެ ސެނެޓުގައި ތިބި ގިނަ ބަޔަކު ކޮންގްރެސް ޕާޓީއަ ގުޅުނީ ކޮންގްރެސް ޕާޓީން މިއަހަރު ބޭއްވި ފުރަތަމަ މެންބަރުންގެ މަޖިލިސް ބައްދަލުވުމުގަ އެވެ. ކޮންގްރެސް ޕާޓީއާ ގުޅުނު މެންބަރުންގެ ތެރޭގައި ބްރޯޑްކޮމްގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ހިމެނެ އެވެ.

މި ބައްދަލުވުމުގައި ކޮންގްރެސް ޕާޓީން ވަނީ ޕީޕީއެމް ލީޑަރޝިޕް އަދި ސެނެޓުގައި ތިއްބެވި މެންބަރުންގެ ތެރެއިން ކޮންގްރެސް ޕާޓީއަށް ސޮއިކުރެއްވި މެންބަރުންނަކީ ޕާޓީގެ ލީޑަރޝިޕް އަދި މެންބަރުންގެ މަޖިލީހުގެ މެންބަރުންކަމުގައި ކަނޑައަޅާފަ އެވެ. މި ގޮތަށް ކަނޑައަޅާފައިވަނީ ކޮންގްރެސް ޕާޓީގެ މެންބަރުންގެ މަޖިލިސްގެ އިއްތިފާގުންނެވެ.

މީގެ އިތުރުން ކޮންގްރެސް ޕާޓީން ވަނީ ޕީޕީއެމް އުވުނު އިރު އެ ޕާޓީގެ ނައިބު ރައީސުންގެ މަގާމުގައި ތިއްބެވި މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ކޮންގްރެސް ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އައްޔަންކުރުމަށް ފާސްކޮށްފަ އެވެ.

ކޮންގްރެސް ޕާޓީ މިނިސްޓަރު އަހްމަދު ޝިޔާމް މުހައްމަދު އަބްދުﷲ (މުހަންމާ) ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ޕީޕީއެމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ