ޔާމީނު ކޮށްމެމަހަކު ޖަމީލާ، މަލީހަށް 75000 ރުފިޔާ ދެނީ ރައްޔިތުންގެ ބައިތުލްމާލުން: މެންބަރު ފަލާހު

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކޮންމެ މަހަކު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަށާއި، ކުރީގެ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލަށް 75،000ރ. ގެ މުސާރައެއް ދެއްވަނީ ރައްޔިތުންގެ ބައިތުލްމާލުން ކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވެފައި ވަނީ، މަލީހާއި ޖަމީލް ޑީލް ހުށަހެޅުއްވި ނަމަވެސް ލީޑަޝިޕްގެ ބޭފުޅުން އެކަމާ އެއްބަސްވެވަޑައިނުގެންނެވި ކަމަށެވެ.

”ޖަމީލުވެސް، މަލީހުވެސް، ޑީލް ހުށައެޅި. ނަމަވެސް ލީޑަރޝިޕް އޯކޭއެއްނޫން! ރައްޔިތެއްގެ ތާޢީދެއްނެތް ބައެއް ކީއްކުރަން.“ ފަލާހުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އެގޮތުން، ޔާމީނު ކޮށްމެމަހަކު ޖަމީލާ، މަލީހަށް، މީހަކަށް 75000 ރުފިޔާ މުސާރަދެނީ ރައްޔިތުންގެ ބައިތުލްމާލުން ކަމަށްވެސް ފަލާހު ވިދާޅުވެފައިވެ އެވެ.

”ޔާމީނު ވަގަށްނަގާފައިވާ އެތައްސަތޭކަ މިލިއަންރުފިޔާގެ ތެރެއިން. ސިޓިން ރޫމްގައި ތިޖަހާ ސަކަރާތް ބަޔަކަށް ނޭނަގުނަސް އަޅުގަނޑުމެންނަށް އެނގޭ“ ފަލާހުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ފަލާހު ވިދާޅުވީ ޔާމީން ވަގަށް ނަގާފައިވާ ފައިސާތަކުގެ ވާހަކަ އޮއްބާލައި މައުސޫމް ކުށެއް ނެތް ބައެއްގެ ބޮލަށް ހުރިހާ ކަމެއް ޖަހަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ނަމަވެސް ތަފާތު ގޮތަކަށް ގޭމް ކުޅެގެން ކޮށްފައި ހުރި ނުބައި ކަންތައްތައް އޮއްބާލަން ކުރާ ޕްލޭންތައް ފެއިލްވާނެ ކަމަށް ފަލާހް ވިދާޅުވި އެވެ.

ޔާމީންގެ ޕީއެންއެފް އުފެއްދެވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނަކީ ޖަމީލާއި މަލީހެވެ. އަދި މަލީހުއަކީ އެ ޕާޓީގެ އިދާރީ ހިންގުން ހިންގަވާ ފަރާތެވެ.

ރައީސް އަބްދުﷲ ޔާމީން ކޮންގްރެސް ޕާޓީ މަލީހް ޖަމާލް ޑރ. މުހައްމަދު ޖަމީލް ޕީއެންއެފް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ